ކިހާދޫގެ ރައްޔިތުންގެ އެދޭ ތަރައްޤީ އެރަށަށް ގެނެސްދެއްވާނެކަމަށާއި، މިއަހަރު ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސޮއިކުރި ސްކޫލަށް ވަސީލަތް ހަމަކުރުމުގެ މަޝްރޫއަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމެއްކަމަށާއި، އެއީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައިވާ އެއް މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބާއި ސްޓާފް ރޫމް ހިމެނޭހެން ކުރިއަށްގެންދާ މި މަޝްރޫޢާއެކު ސްކޫލުގެ ކިޔަވައިދިނުމަށް ކުރިއެރުން ލިބި ސްކޫލުން ބޭނުންވާގޮތަށް ތަރައްޤީވާނެކަމަށާއި ކިހާދޫއަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ސްކޫލަށް ޚިދުމަތްކުރުމުގައިވެސް ލާމަސީލު ބައެއް ދިރިއުޅޭ ރަށެއްކަމަށެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުންވެސް ރަށަށް ތަރައްޤީ ގެނެސްދޭނެކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުން ނިމިފައި ވީނަމަވެސް، އިތުރަށް އެ މަސައްކަތް ހިންގަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެރަށުގެ އުތުރު ފަރާތު ހިމާޔަތްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި އައު މަޝްރޫޢުއެއް ގޮތުގައި ހިންގާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބުގައި ކިހާދޫގައި އައު އިންޖީނުގެއެއްް އެޅުމަށްވެސް ވަޢުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އިންޖީނުގެއާއިި އޮފީސް ބަދަލުކުރުމަށް މިއަހަރު މަޝްރޫޢޫއެއް ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ.
އަދި ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީވެސް ކިހާދޫގައި ކޮންމެހެން ކުރަންޖެހޭކަމެއްކަމަށާއި، އެހެންކަމުން ސިއްހީ މަރުކަޒަށް ޖާގަ އިތުރުކޮށް، އެމްބިއުލާންސް އަދި ވަސީލަތް ހޯދަން ޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިއަހަރު އެމްބިއުލާންސް ހޯދައި، އަންނަ އަހަރުގެ ކުރީކޮޅު ސިއްޙީ މަރުކަޒަށް އައު ޢިމާރާތާއި ވަސީލަތް ހަމަކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކުރުމަށް ނިންމާފައިވާކަންކަންމުގެ ތެރޭގަިއ ފުޓްބޯޅަ ދަނޑުގައި ޓާފުއަޅައި، ފުރިހަމަކޮށްދިނުމާއެކު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތާއި އައުޓްޑޯ ޖިމާއި، ކުޑަކުދިންގެ ޕާކްގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށެވެ.
“އަދިވެސް ތަރައްޤީއަށް ބޭނުންވާ ގިނަގުނަ ކަންކަން އެބަހުރި އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭގޮތަށް މަސައްކަތް ބައްޓަންކޮށް، ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދޭނެކަމުގެ ޔަޤީންކަން ދެން.
ރައީސް ވިދާޅުވީ އަލަށް ފެށުނު މަޝްރޫޢުތައް ނިންމުން ފާހަގަކުރުމަށް ކިހާދޫއަށް އަވަސް މުސްތަގްބަލެއްގައި ވަޑައިގަތުމަށް އުންމީދުކުރައްވާކަމަށެވެ.