ކޯވިޑް-19

ކޯވިޑް-19 : ނިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް


ފ. ނިލަންދޫން ކޯވިޑް-19 ޖެހިފައިވާ 4 މީހަކު ފެނިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭ އިން ވިދާޅުވީ، ނިލަންދޫން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީންގައި ދިވެހި 2 އަންހެނުންނާއި، ދިވެހި 2 ފިރިހެނުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި، 43 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ އަންހެނެއްގެ އިތުރުން 56 އަހަރުގެ އަންހެނެއްކެވެ. ނިލަންދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން މޮނިޓަރިންގއަށް ލާފައިވުމާއެކު މިހާރު އެރަށަށް އަރައި ފޭބުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.

ނިލަންދޫގެ އިތުރުން މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފަިއިވަނީ މާލެ ސަރަހައްދާއި، ހއ. ކެލާ، އިހަވަންދޫ ހއ. ފިއްލަދޫ އަދި ހދ. ނާވައިދު އާއި ރ. ހުޅުދުއްފާރާއި ބ. ކަމަދު އާއި ބ. ކުޑަރިކިލުގެ އިތުރުން ޅ. ހިންނަވަރާއި ނައިފަރާއި ކ. މާފުއްޓާއި ތުލުސްދު އާއި ވ. ފުލިދު އާއި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ އާއި ފޭދޫންނެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ އާންމުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި މާލޭއާއި ކޯވިޑް-19 ޖެހިފައިވާ މީހުން ފެންނަ ރަށްރަށުގައި ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު، އެނޫން ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ސަމާލު ވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.