ލ. އަތޮޅުގައި ކުރިއަށްދިޔަ ތަމްރީނެއް ފުރިހަމަކުރަމުންދިޔަ ސިފައިންގެ އޮފިސަރަކު ނިޔާވެއްޖެއެވެ. 
އެމްއެންޑީއެފުން ވިދާޅުވީ ނިޔާވީ ލ. ކައްދޫގައި މިވަގުތު ކުރިއަށްދާ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ.މާވަށް ކައިރިން ކަނޑުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް މިޔަރެއް ހަމަލާ ދިނުމުން ފަރުވާދެމުންދިޔަ ރ. އުނގޫފާރު، ނިއުލައިފް ލާންސްކޯޕްރަލް މުހައްމަދު ޒައިދާން ކަމަށެވެ. 
އޭނާ ނިޔާވީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭ 20:40 އެހާއިރުކަމަަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.