ފްރާންސްގެ މިޑްފީލްޑަރ މައިކަލް އޮލިސޭ އަށް ދައްކާފައިވާ ރީނދޫ ކާޑު ސައްހަކަމަށް ނިންމާ އެކަމަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް ފީފާ އިން ބުނެފި އެވެ.
ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޮލިސޭ އަށް ދައްކާފައިވާ ރީނދޫ ކާޑު ބާތިލުކޮށްދިނުމަށް ފްރާންސް އިން ފީފާ ގައި އެދިފައިވަނީ އެމެރިކާގެ ފޯވަޑް ފޮލަރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް އަމަލު ކުރުން ލަސްކޮޑް އޭނާއަށް ގަދަ 16 ގެ މެޗުގައި ކުޅެވޭ ގޮތަށް ހެދުމާއި ގުޅިގެންނެވެ.
ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި މިރޭ މޮރޮކޯ އާއި ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި އޮލިސޭ އަށް އިތުރު ރީނދޫ ކާޑެއް ދައްކައިފިނަމަ އޭނާއަށް ދެ ކާޑު ހަމަވެ ސެމީ ފައިނަލުގައި ނުކުޅެވޭނެ އެވެ.
މޮރޮކޯ އާއި ދެކޮޅަށް ފްރާންސް މިރޭ ނިކުންނައިރު މޮރޮކޯގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ އިސްމާއިލް ސައިބާރީއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެ މޮރޮކޯއަށް އޭރުގެ ފައިނަލުގެ ފުރުސަތު ގެއްލިފައިވާއިރު މިރޭގެ މެޗަށް އެ ޓީމުން ނިކުންނާނީ އެ ހަނދާންތައް ފުހެލާ ރަގަޅު ބަދަލު ހިފުމުގެ ރޫހެއްގަ އެވެ.
ސައިބާރީ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް މޮރޮކޯ އަށް ލަނޑުތައް ޖަހައިދީފަ އެވެ.