ޚަބަރު

ކޯވިޑް ޖެހިގެން 90 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވިގޮތުގައި މިބަލީގައި މިއަދު ނިޔާވީ އުމުރުން 90 އަހަރުގެ ފިރިހެނެކެވެ. މިމީހާއަކީ އޭއީއެޗް އައިސޮލޭޝަންގައި ފަރުވާދެމުންދިޔަ މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިމީހާ ނިޔާވީ މިއަދު ހެނދުނު 8:50 ހާއިރުގައެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު މިވަނީ 291އަށް އަރާފައެވެ. ރާއްޖޭގައި އެންމެފަހުން މިބަލީގައި މީހަކު ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ގދ.ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 92 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑް ބަލި ޖެހިިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 26 މީހުންނަށް އަންނަނީ ފަރުވާ ދެމުުންނެވެ. ރާއްޖޭގެ ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 164،000އިން މައްޗަށް އަރާފައެވެ.