ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 50 ވަނަ މީހާއެވެ. 
އައިޖީއެމްއެޗުގައި އަވަސްފަރުވާ ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެމީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދު ހެނދުން 9:50 ހާއިރުކަމަށާއި ނިޔާވެފައިވަނީ ހެނދުނު 10:14 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. 
ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. އެއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.  
މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 14712 މީހުންނަށެވެ. އަދި މިވަގުތު 1017 މީހަކަށް ފަރުވާދެމުން އަންނަ އިރު 79 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13639 މީހުންނެވެ.