ޚަބަރު

ލ.އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް


ލ. އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ލ. އިސްދޫ ބަނދަރުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ 18 ޑިސެމްބަރު 2019 ގައެވެ.

އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުތައް އެމްޓީސީސީން އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި މިހާތަނަށް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ފުން ކުރުމަށް ހަމަޖެހިފައިވާ 27129 އަކަމީޓަރުގެ ސަރަޙައްދުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި 208 މީޓަރުގެ އެއްގަމު ތޮށިލުމާއި 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓު ބްލޮކް އެތުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއެކު 1560 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ޖެހުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.