ކުޅިވަރު

ޓަބްލިއު އެސްއޭ ހޭންޑްބޯލް ބެޓަލް 2020


ޓަބްލިއު އެސްއޭ ހޭންޑްބޯލް ބެޓަލް 2020ގައި ފިރިހެން 7 ޓީމްއަދި އަންހެން 9 ޓީމް ބައިވެރިވެއްޖެއެވެ.

ކުޅުދުއްފުށި ޓަބްލިއު ސްޕޯޓްސް އެކަޑަމީގެ ފަރާތުންވަނީ ކުޅުދުއްފުށީގައި ވަރަށް ގިނަ މުބާރާތްތަކެއް މީގެ ކުރިންވެސް ބާއްވާފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބީޗް ގޭމްސް ކުޅިވަރު މުބާރާތްތަކެވެ. މިއަންނަ މަހުގެ 1ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓަބްލިއު އެސްއޭ ހޭންޑްބޯލް ބެޓަލްގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ މިނީ ޒިކްޒެކް، ސަތޭކަ، ނިއު ވޭޖް ސްޕޯޓްސް ކުލަބް، ޓީމް އަލްފާ، މަރްލިން، ޒިކްޒެކް އަދި ފެލެމީ ބޭކާރސްއެވެ. މިބެޓަލްގައި ބައިވެރިވެފައިވާ އަންހެން ޓީމްތަކަކީ ރަނިކަރ، ޓީމް ސްޓަރ، ސްޓަމިނަރ، ފެމެލީ ބޭކާސް، ޝޭޓް، ފައިވް، ނޮޅިވަރަމް، ޔުނީކް ފްރެންޑްސް އަދި ފަޔަރ ބާޓްސްއެވެ.

މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަންހެން ޓީމް ސްޓަރ އާއި ޝޭޓް، ދެވަމަ މެޗްގައި ބައްދަލުކުރާނީ ސްޓެމިނަރ އާއި ފެމެލީ ބޭކާރސްއެވެ. ޓަބްލިއު އެސްއޭ ހޭންޑްބޯލް ބެޓަލް 2020ގެ ފިރިހެން ބައިގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މިނި ޒިކްޒެކް އާއި ޓީމް އަލްފަރ އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ޒިކްޒެކް އާއި ފެމެލީ ބޭކާރސްއެވެ.
މި މުބާރާތް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގުރޫޕްއަކުންވެސް ސެމީއަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް. ޓަބްލިއު އެސްއޭ ހޭންޑްބޯލް ބެޓަލް 2020ގެ އަންހެން ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 8ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު އަދި ފިރިހެން ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އެރޭ 9 ޖަހާއިރުއެވެ.