ކުޅިވަރު

ޝަރަވީގެ ދެ ލަނޑާއެކު އިޓަލީއަށް ބޮޑު މޮޅެއް


ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އިޓަލީ މޯލްޑޮވާ ކޮޅަށް 6 ލަނޑު ޖަހާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިމެޗުގައި އިޓަލީގެ ސްޓެފަން އަށް ޝާރަވީ ވަނީ ދެ ލަނޑު ޖަހާފައެވެ. ޒުވާން ކުޅުންތެރިންނާއެކު ނުކުތް އިޓަލީގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރަޔަން ކްރިސްޓޭން އާއި ފްރަންސެސްކޯ ކަޕޫޓޯ އާއި ޑޮމެނިކޯ ބެރާޑީއެވެ. މިއީ ފްރަންސެސްކޯ އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެއެވެ.

މި މެޗުގައި އުމުރުން 33 އަހަރުގެ ސިސިއޯ ކަޕޫޓޯ ވަނީ އިޓަލީގައި ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެފައެވެ. މިއީ އުމުރުން އެހާ ދުވަސްވީ ކުޅުންތެރިޔަކު އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ދެވަނަ ފަހަރެވެ.

އަންނަ އާދިއްތަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. އެމެޗަށް އިޓަލީ ނެދަލޭންޑްސްއާ ދެކޮޅަށް ވެސް ނުކުންނާނެއެވެ.