ކުޅިވަރު

ޓީޓީއޭއެމްގެ އިންތިޚާބު ކޮމިޝަނާއޮފް ސްޕޯޓްސްއިން ބަލައިގެންފި


ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ކޮމިޝަނާއޮފް ސްޕޯޓްސްއިން ބަލައިގެންފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު އަލަށް އިންތިޚާބުކުރި އެކްސްކޯ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓާކޮށް އެކަމުގެ ލިއުން މިހާރުވަނީ ޓީޓީއޭއެމް ރައީސް ޢަލީ ރަޝީދާ ހަވާލުކޮށްފައެވެ.

ފަހަކަށްއައިސް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ މަރުހަލާގައި ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދާއިރު، ޓީޓީއޭއެމްގެ އިންތިޚާބުވެސް ބޭއްވީ އިންތިޚާބީ މަރުހަލާގައި މައްސަލަތަކެއް ފެންމަތިވެ އެމައްލަސަ ރާއްޖޭގެ ސިވިލްކޯޓުގައިވެސް ކުރިއަށްގެންދިއުމަށްފަހުއެވެ.

ސިވިލްކޯޓުން އެމައްސަލާގައި އިންތިޚާބު ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމިއިރު، ދެފަހަރެއްގެ މަތިން ޓީޓީގެ ބައިނަލްއަގްވާމީ ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްވާނެކަމުގެ އިންޒާރުވެސް ދިނެވެ.

އައިޓީޓީއެފްއިން އެމައްސަލާގައި ބުނެފައިވަނީ ޓީޓީއޭއެމްގެ އިންތީޚާބީ މައްސަލާގައި ރާއްޖޭގެ މުއްސަސާއަކުން އެންމެ ފަހުގޮތް ނިންމުމުގެ ހައްގު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކުޅިވަރާއިބެހޭ ޤައުމީ މަޖިލީހަށް ކަމަށާއި، ޝަރުޢީ ކޯޓަކުން ނުވަތަ ތިންވަނަ ފަރާތެއް މަތިކޮށްގެން ކުރިއަށް ނުގެންދިއުމަށް ނަސޭޙަތްތެރި ވާކަމަށެވެ.
ޓީޓީއޭއެމްގެ އައު އެކްސްކޯ ކޮމިޝަނާއޮފް ސްޕޯޓްސްގައި ރަޖިސްޓާކުރިކަން ޢިއުލާން ކުރަމުން ޓީޓީއޭއެމްއިން ވަނީ ހުސްވި ދައުރުގެ އެކްސްކޯގެ މެމްބަރުން ރާއްޖޭގެ ޓީޓީއަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.