 
										
			ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ ނ.މިލަދޫއިން ފުރައިގެން ދިއުން މަނާކޮށްފައިވަނިކޮށް އެ ރަަށުން ފުރައިގެންދިޔަ 4 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު މެންދުރުފަހު 15:58 ހާއިރު އެ ރަަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށެވެ. 
ފުލުހުން ވިދާޅުވީ މިލަދޫ މޮނީޓަރިންގެ ޙާލަތައް ގެންގޮސްފަައިވަނިކޮށް  މިމީހުން އެރަށުން ފުރައިގެން ގޮސްފައިވަނީ މިލަދޫ ޓާސްކްފޯހާއި މިލަދޫ ޑެސްކް ފުލުހުންނަށް ސިއްރުންނެވެ. އަދި އެމީހުން ހައްޔަރުކުރީ އެނބުރި މިލަދޫ ފަޅަަށް ވަނުމުންކަމަށް ފުލުހުން ވިދާޅުވިއެވެ. 
މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށްވެސް ފުލުހުންވަނީ މައުލޫމާތު ދެއްވާފައެވެ. 
ކޯވިޑް-19 އަތޮޅުތަކުގައި ފެތުރުމުގެ ބިރު އޮތުމާއިއެކު އެޗްޕީއޭއިން ވަނީ ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.