އަތޮޅުތައް

ޑެންގީ އިން ރައްކާތެރިވުމަށް ށ.އަތޮޅު ކައުންސިލުން މާލީ އެހީދެނީ


ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ށ.
އަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތް ތަކަށް އެހީތެރިވުމުގެ ގޮތުން ށ. އަތޮޅު
ކައުންސިލްގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާކަމަށް ށ.
އަތޮޅު ކައުންސިލް އިދާރާއިން ވިދާޅުވެއްޖެއެވެ.



ށ. އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު
އާރިފް ވިދާޅުވީ އެފަރާތުން މިފަދަ މާލީ އެހީތެރިކަމެއް ދިނުމަށް ނިންމާފައިވަނީ
ފޮގްކުރުން ފަދަ ކަންތައްތަކަށް ބޭނުންވާ ކެމިކަލާއި ޑީސަލް ފަދަ ތަކެތި ހޯދުމަށް
ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެފަރާތުގައި އެދެމުން ދާތީކަމަށެވެ.



މިއެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އާބާދީއަށް
ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.



ފާއިތުވި 1 މަސް ދުވަހުގެ ތެރޭގައި ށ. އަތޮޅުގެ 15 މީހަކަށް ޑެންގީޖެހިފައިވާއިރު
ޑެންގީހުމަށް ޝައްކު ކުރެވޭ 4 ކޭސްއެއް މިހާރުވެސް ށ. އަތޮޅުން ފެނިފައިވާކަމަށް
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.