ކުޅިވަރު

ޖެހި ލަނޑު ރެފްރީ ބަލައިގަތުމުން ނެލައްދޫގައި މަރާމާރީ ހިންގައިފި



ނެއްލައިދޫ ކައުންސިލް ކަޕްގެ ސެމީ ފައިނަލްގައި ޖެހި ލަނޑު ރެފްރީ ބަލައިގަތުމުން ނެލައްދޫގައި މަރާމާރީ ހިންގާ ބޮޑު ހަމަނުޖެހުމަކަށް ހިނގައްޖެއެވެ. ހދ. ނެއްލައިދޫގައި މިހާރު ކުރިއަށްދާ ނެއްލައިދޫ ކައުންސިލް ކަޕް ހޫނުވެ މާރާމާރީ ހިންގާފަވަނީ އިއްޔެ ކުޅުނު މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައެވެ.

މެޗުގެ ދެފަހަރެއްގެ މަތިން ވަނީ ހޫނެވެ ހުއްޓާލަންޖެހިފައި. އެފްސީ ފްރެންޑްސް އާއި އެފްސީ ދުންމާރި ވާދަކުރި މެޗު ފުރަތަމަ ހޫނުވީ ދެޓީމުން އެއްވަރު ވެފައި ވަނިކޮށް އެފްސީ ފްރެންޑްސް ޖެހި ދެވަނަ ލަނޑާއެކުއެވެ. މިލަނޑަކީ އޮފްސައިޑް ލަނޑެއްކަމަށް ދުންމާރީގެ ކުޅުންތެރިންނާއި އޮފިޝަލުން ނިންމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމުންނެވެ. މުބާރާތް އިންތިޒާމު ކުރާ ނެއްލައިދޫ ކައުންސިލުން ވާހަކަދައްކައިގެން ދުންމާރީގެ ކުޅުންތެރިންނާއި އޮފިޝަލުން ހަމަޔަކަށް އެޅުވިއެވެ. އެޔަށްފަހު އިތުރަށް ހަމަނުޖެހުން ބޮޑުވީ ފްރެންޑްސްގެ ކުޅުންތެރިޔަކު ފައުލް ކުރުމުން ރެފްރީ އެއީ ފައުލެއް ކަމަށް ބަލައި ނުގަތުމުންނެވެ. މި ހަމަނުޖެހުމުގެ ތޭރޭގަ ކުޅިބަލަން ދަނޑަށް ވަދެ ތިބި ސަޕޯޓްރުން ވެސް ވަނީ ދަނޑަށް އަރާ ހަމަނުޖެހުން ހިންގުމަށް އިތުރަށް މަސައްކަތްކޮށްފައެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނާޒިމް ވިދާޅުވީ ހަމަނުޖެހުމުގައި ބައިވެރިވި ކުޅުންތެރިންނާއި އޮފިޝަލުންނަށް މިހާރު ފިޔަވަޅު އަޅާފަވާކަމަށާއި ރެފްރީ ނިންމުމާއި އެއްގޮތައް މުބާރާތުގެ ފައިނަލުން ފްރެންޑްސް ޖާގަ ދީފައިވާކަމަށެވެ. ސެމީ ފައިނަލް މެޗުގައި ހަރަކާތްތެރިވެފައިވަނީ ށ.އަތޮޅުގެ ރެފްރީންނެވެ. މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފަވަނީ މާދަމާއެވެ. ފައިނަލް މެޗާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ މުބާރާތުގެ ފައިނަލު މެޗު ކުޅޭވޭނެ އެކަށީގެންވާ މާހައުލެއް ގާއިމް ކުރެވިފާވާކަމަށާއި މޯލްޑިވިސް ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު މެޗު ކުޅޭ ދެޓީމަށާއި އޮފިޝަލުންނަށް ރައްކާތެރިކަން ލިބޭނެކަމަށެވެ.

ހަތް ޓީމް ވާދަކުރި މުބާރަތުގެ ފައިނަލު މެޗުގައި ވާދަކުރާނީ އެފްސީ ފްރެންޑްސް އާއި ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ.