ޚަބަރު

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރާނެ ގޮތުގެ ތަމްރީނު އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ދީފި


އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި ގުޅޭ ތަންތަން އިންސްޕެކްޓް ކުރާނެ ފަރާތްތައް ތަމްރީނު ކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިމަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ، ރާއްޖޭގެ އިދާރީ ދައިރާތައް ލާމަރުކަޒީ އުސޫލުން ހިނގުމަށް ކުރާ މަސައްކަތުގެ ދަށުން، އެމިނިސްޓްރީއިން ކުރަމުން އަންނަ ބައެއް މަސައްކަތްތައް ކައުންސިލްތަކާއި ހަވާލު ކޮށް އެކަމަށް ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން އަހުލުވެރި ކުރުން ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި އައްޑޫ ސިޓީގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުގެ އިތުރުން ހޮޓެލްތައް ބަލާ އެތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. އަދި މިފަދަ އިންސްޕެކްޝަންތަކުން ލިބޭ މަޢުލޫމާތު ޓުއަރިޒަމް މިނިސްޓްރީ އާއި ހިއްސާކުރާނެގޮތްވެސް ކިޔައިދީފައިވެއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި އައްޑޫ ސިޓީގެ އެކި އަވަށު އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.