ޚަބަރު

ޓުއަރިޒަމް މިނިސްޓަރު އައްޑޫސިޓީއަށް ވަޑައިގެންފި


ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
މިއީ ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު މިނިސްޓަރު އަލީ ވަހީދު އައްޑޫސިޓީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ގަމުގެ ވައިގެ ބަނދަރުން މިނިސްޓަރު އަލީ ވަހީދަށް މަރުހަބާ ދެންނެވީ އައްޑޫސިޓީ މޭޔަރ އަބްދުﷲ ޞާދިޤާއި ކައުންސިލް މެންބަރުންނެވެ.

އައްޑޫސިޓީ އަދި ފުވައްމުލައް ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލާއި އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިވެރިންގެ އިތުރުން، ފަތުރުވެރިކަމާއި ގުޅޭ ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫސިޓީގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަށާއި، ތާރީޙީ ބައެއް ތަންތަނަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މި ޒިޔާރާތުގައި އެމިނިސްޓްރީގެ ބައެއް އިސްބޭފުޅުންގެ އިތުރުން، އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީސީގެ އިސް ބޭފުޅުން ބައިވެރިވެއެވެ.