ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި


ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ. މި އެލާޓް ނެރެފައިވަނީ އިރުއޮއްސި 6:15 އިން ފެށިގެން މިރޭ ދަންވަރު 12:15 އާއި ހަމައަށެވެ.

ކުރިއަށް ހުރި ގަޑިތަކުގައި މޫސުން ލަފާ ކުރާގޮތަށް ބަލާއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އަންމު ގޮތެއްގައި ރަންގަޅުވާނެ ކަމަށް އެއިދާރާއިން ބުނެއެވެ.