ޚަބަރު

ޚާރިޖީ ދާއިރާއިން ފަންނުވެރިން ބިނާކުރުމަށް ހިންގި ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދީފި


ޚާރިޖީ ދާއިރާއިން ފަންނުވެރިން ބިނާކުރުމަށް ޢަމާޒުކޮށް ހިންގި ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދަށުން ހިންގާ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ހިންގި "ސެޓިފިކެޓް 3 އިން ބޭސިކް ޓްރެއިނިންގް އިން ޑިޕްލޮމެޓިކް ޕްރެކްޓިސް" ފުރިހަމަކުރި 3 ފަރާތަކައް ސެޓިފިކެޓް ޙާވާލުކުރީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުހައްމަދު ޢާސިމް، ދެއްކެވި ވާހަކަފުޅުގައި ޚާރިޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް، ޚާރިޖީ ދާއިރާއިން ފަންނުވެރިން ބިނާކުރުމަށް ފޮސިމް ފަދަ އިންސޓްޓިއުޓެއްގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި ކޯސް ފުރިހަމަ ކުރެއްވި ތިން ބޭފުޅުންނަށާއި މި ކޯސް ފަރުމާކޮށް ހިންގެވިކަމަށްޓަކައި ފޮސިމްއަށް ތަހުނިޔާ ދެންނެވިއެވެ.

"ސެޓިފިކެޓް 3 އިން ބޭސިކް ޓްރެއިނިންގ އިން ޑިޕްލޮމެޓިކް ޕްރެކްޓިސް" އަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްގެން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މުވައްޒަފުންނަށް ފޮސިމްއިން ހިންގި ފުރަތަމަ ކޯހެވެ.

2014 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހު އުފެއްދި ފޮސިމްގެ މަޤްޞަދަކީ ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް ޕްރޮފެޝަނަލް ސަރވިސްއެއް އުފެއްދުމެވެ.