ޚަބަރު

އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ރިޒޯޓަކަށް ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް


ކޮންޑެނާސް ޓްރެވަލަރޒް ރީޑާރޒް ޗޮއިސް އެވޯޑްސްގެ އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ރިޒޯޓުގެ އެވޯޑު ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހޯދައިފިއެވެ. މި އެވޯޑް ނިޔާމައަށް ލިބިފައިވަނީ ކޮންޑެނާސްޓްގެ ރީޑާރސް ޗޮއިސް އެވޯޑް ދިނުމަށް ބާއްވާ އަހަރީ ހަފްލާގެ ތެރެއިންނެވެ.

ކޮންޑެނާސްޓް ރީޑާރސް ޗޮއިސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މީހުންގެ ޙިޔާލުގެ މައްޗަށް ބިނާކޮށްދޭ އެވޯޑެކެވެ. މިއަހަރުގެ ރީޑާރސް ޗޮއިސް އެވޯޑްސްއަށް މިލިއަނަކާއި ގާތްކުރާ ޢަދަދެއްގެ ކިޔުންތެރިން އެމީހުންގެ ޙިޔާލު ފާޅުކޮށްފައިވާކަމަށް އެ މަޖައްލާއިން ބުނެއެވެ.

މީގެކުރިންވެސް ކޮންޑެނާސްޓް ޓްރެވަލާސް އެވޯޑްސްގެ ގިނަ އެވޯޑްތަކެއް ރާއްޖޭގެ ރިސޯޓުތަކުން ވަނީ ހޯދާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ބަޔަކު ކިޔާ ކޮންޑެނާސްޓް ޓްރެވަލަރ މެގަޒިންއަކީ ދުނިޔޭގައި ނެރޭ އެންމެ މަޝްހޫރު އެއް ޓްރެވަލް މެގަޒިންއެވެ. އެމެރިކާ ސަރުކާރުން ދޭ 25 އެވޯޑެއް މި މެގަޒިންއަށް ލިބިފައިވެއެވެ. ޗުއްޓީ ހޭދަކުރުމަށް މަންޒިލެއް އިޚްތިޔާރުކުރުމުގައި ފަތުރުވެރިން ކޮންޑެނާސް ޓްރެވަލް މެގަޒިންއަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.