ޚަބަރު

ކެމްޕޭން ޙަރަކާތްތަށް ހިންގާއިރު، ފުލުހުންނަށް އެއްބާރުލުންދިނުމަށް ގޮވާލައިފި


އަންނަ ރިއާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭންގެ ޙަރަކާތްތަށް ހިންގާއިރު، އެންމެހައި ފަރާތްތަކުންވެސް ފުލުހުންނަށް ފުރިހަމަ އެއްބާރުލުންދިނުމަށް މޯލްޑިވްްސ ޕޮލިސް ސަރވިސްއިން ގޮވާލައިފިއެވެ.

ރިއާސީ އިންތިޚާބަށް ފުލުހުން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު މީޑިއާއަށް ޙިއްސާކުރައްވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މިފަހަރުގެ ރިއާސީ އިންތިޚާބަކީ އަމާންކަންމަތީ ކުރިއަށްގެންދާ އިންތިޚާބެއްކަން ޔަޤީންކުރުމައްޓަކައި ފުލުހުންގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށެވެ.

އެގޮތުން ރިއާސީ އިންތިޚާބު އަންނައިރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފުލުހުން ޢަމަލީގޮތުން ހަރަކާތްތެރިވާނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އިންތިޚާބުގެ ޙަރަކާތްތަކާގުޅޭ 8 ޝަކުވާއެއް ހުށަހަޅާފައިވާކަން ޝިފާން ފާހަގަކުރެއްވިއެވެ. .