ޚަބަރު

މަސްތުވާ ތަކެއްޗާއި އެކު ހިތަދޫއިން މީހަކު ހައްޔަރުކޮށްފި


ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު އައްޑޫސިޓީ ހިތަދޫއިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ބަލައި ފާސްކުރުމުން މި މިހާގެ އަތުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 11 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖާހާފައެވެ. އަދި މިހާރު މި މައްސަލަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިފަދަ އޮޕަރޭޝަން ތަށް ހިންގަމުންދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.