ޚަބަރު

ރަމަޟާންމަހާއި ދިމާކޮށް އައްޑޫސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއް


ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް، އައްޑޫސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއްގައި، ޤަވާއިދާ ޚިލާފުވި 20 ފަރާތަކާއި މެދު ފިޔަވަޅު އަަޅައިފިއެވެ.

މި ދިޔަ މަހުގެ 27 އިން މި މަހުގެ 9 އަށް ކުރިއަށް ގެންދިޔަ މި އޮފަރޭޝަން އައްޑޫސިޓީގެ ހުރިހާ ރަށްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންތަކުގައި މުޅި ޖުމްލަ 409 އުޅަނދު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ޤަވާއިދާއި ޚިލާފުވި 20 ފަރާތަކައީ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދަކީ، އައްޑޫސިޓީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ދުއްވާ އުޅަނދުތަށްތޯ ބެލުމަށާއި އަދި އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކެއް ކަމުގައި ހެދުން ކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް އައްޑޫސިޓީގައި އެކްސިޑެންޓު ހިންގާ މިންވަރަށް ބަލާއިރު، ނުރައްކާތެރި އެކްސިޑެންޓް ހިނގާ މިންވަރު މަދުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.