ޚަބަރު

މުފްތީ މެންކް ހާއްސަ ދަރުސެއް މިމަހުގެ 16ގައި އައްޑޫގައި



މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ހާއްސަ ދަރުހެއް އައްޑޫސީޓީގައި ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 16 ވަނަދުވަހުގެ ރޭ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކޫލުގައެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ " މުސްލިމު ޒުވާނުންނަށް މެސެޖެއް " މި މަޢުޟޫއަށެވެ. މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ އެރޭ ނުވަ ގަޑި ފަނަރަ އެހައިކަށްހާއިރުއެވެ.
މި ދަރުސް ބާއްވަނީ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އައްޑޫގައި ހަރަކާތްތެރިވާ ދީނީ ތިން ޖަމީއްޔާއަކާއި ގުޅިގެންނެވެ. އެއީ ނޫރުލް އިސްމްއާއި، ޖަމިއްޔަތުލް އުލަމާގެ އިތުރުން ރަބީޢުލް ޤުލޫބް ފައުންޑޭޝަނާއި ގުޅިގެންނެވެ.

އިސްމާއިލް އިބްނު މޫސާ މެންކް ނުވަތަ މުފްތީ މެންކް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ރޯދަމަހުގެ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމުގައި ތަޤްރީރު ކުރެއްވުމަށެވެ.