ޚަބަރު

އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި


ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރި އަށާރަ އަހަރުން ދަށުގެ ކުއްޖަކު ހައްޔަރު ކޮއްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން އައްޑޫސިޓީ ޕޮލިސްއާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ކުއްޖާ ހައްޔަރު ކޮއްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައެވެ. މާލެއިން އައްޑޫ ސިޓީ ގަމަށް ދަތުރު ކުރި ފްލައިޓަކުން އައި މި ކުއްޖާ ހައްޔަރު ކޮށް ބަލާ ފާސް ކުރި އިރު މި ކުއްޖާގެ އަތުން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފަވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ގަން ޕޮލިސް ސްޓޭޝަނުން ތަހުޤީޤް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.