ޚަބަރު

މަރަދޫ ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާއަށް ޒިޔާރަތް ކޮއްފި


އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ހަފްތާ ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އައްޑޫސިޓީ މަރަދޫ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާއަށް ޒިޔާރަތް ކޮއްފިއެވެ.

މަރަދޫ ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ސާދަ ދަރިވަރުންނާއި ހަތް މުދައްރިސުން ބައިވެރިވި މި ދަތުރުގައި ވަނީ އައްްޑޫ ސިޓީ ގަމުގެ ސަދަން އެރީއާގެ ހެޑް ކުއާޓަރަށް ޒިޔާރަތް ކޮއްފައެވެ. މި ދަތުރުގައި ސަދަން އެރީއާގައި ހުންނަ ރާއްޖޭގެ އެންމެ ދެކުނުން ހިކިފަސް ތަން ކަމުގައިވާ ސަދަން މޯސްޓް ޕޮއިންޓުން، ދަރިވަރުންނަށް އެެމްއެންޑީއެފް އިން ވަނީ މަރުޚަބާ ކިޔާފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާގެ ފަރާތުން ދަރިވަރުންނަށް މަރުޙަބާ ދެންނެވީ ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާޙިމް އާއި ސަދަން އެރީއާގެ އޮފިސަރުންނެވެ.

ސަދަން އެރިއާ އަށް ދަރިވަރުން ކުރި ދަތުރުގައި ވަނީ އެކި ހަރާކާތްތަށް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސިފައިން ބޭނުން ކުރާ ބައެއް އުޅަނދުތައް ދައްކާލުމާއި ކޯސްޓް ގާޑް ޑައިވަރުންގެ ހަރަކާތްތަށް ދައްކާލުމާއި ފަޔަރ އެންޑް ރެސްކިއު ސާވިސްގެ އަލިފާން ނިވާލުމަށް ބޭނުން ކުރާ ބައެއް އާލަތްތަށް ބޭނުން ކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނެވެ. އަދި ދަރިވަރުންވަނީ ސިފައިންނާއެކު ފޮޓޯނަގާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.