ޚަބަރު

އައްޑޫ ބޭރުގައޮތް ދޯންޏެއްގެ އިންޖީނަށް މައްސަލައެއް ދިިމާވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ


އައްޑޫ ސިޓީ ހުޅަނގުން 80 މޭލު ބޭރުގައި އޮތް، ގ.ދ ތިނަދޫ ދޯންޏަކަށް އިންޖީނު މައްސަލަައެއް ދިމާވުމާ ގުޅިގެން އެހީތެރިވަމުންދާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
މިޙާދިސާ އެމް.އެންޑީއެފް ކޯސްޓް ގާޑަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10.30 އެއްހާއިރުއެވެ. އެމް.އެން.ޑީ.އެފް އިން މަޢުލޫމާތު ދިން ގޮތުގައި މި ދޯނީގެ ފްރެޝް ވޯޓަރ ޕަންޕުގެ ބެލްޓް ވަނީ ކަނޑައިގެން ގޮސްފައެވެ.
މުޅި ޖުމްލަ 29 ދިވެހިން ތިބި މި ދޯންޏަށް އެމްއެންޑީއެފުން މިހާރު ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އަދި މިހާރު ދޯނީގެ ވެރި ފަރާތުން ބެލްޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ދޯނީގެ އިންޖީނަށް އިތުރު މައްސަލައެއް ދިމާވެފައިވާ ކަމަށް ދޯނިން އަންގާފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.