ޓުއަރިޒަމް

"ސިއްރު ފެންފުށި" ރިސޯޓަށް ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކޮށްފި


"ސިއްރު ފެންފުށި" ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގުރޫޕަށް މަރުޙަބާ ކިޔައިފިއެވެ. އެ ރިސޯޓް ފަތުރުވެރިންނަށް ހުޅުވާލުމާއިއެކު، ފުރަތަމަ ފަތުރުވެރިންގެ ގުރޫޕް އައީ މިމަހުގެ 1 ވަނަ ދުވަހުއެވެ. 

"ސިއްރު ފެންފުށި" ރިސޯޓަކީ ށ. ގާކޮށިބީގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓްގައި ލަގްޒަރީ ފެންވަރުގެ 120 ވިލާ ހުންނާނެކަމަށް އެ ރިސޯޓުން ބުނެއެވެ.

މި ރިސޯޓް ތަރައްޤީކޮށް ނިމޭއިރު ރާއްޖޭގެ ފުރަތަމަ މޫދުއަޑީގެ ސްކަލްޕްޗަރ މިއުޒިއަމް ހުންނާނެކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ. މި މިއުޒިއަމްގެ ކުރިއޭޓަރަކީ އިނގިރޭސިވިލާތުގެ ނަންމަޝްހޫރު ސްކަލްޕްޓަރއެއްކަމަށްވާ ޖޭސަން ޑިކޭރަސް ޓެއިލަރއެވެ. 

"ސިއްރު ފެންފުށި" ރިސޯޓަކީ ހަނީމޫން ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންނަށާއި، އާއިލާތައް ޒިޔާރަތްކުރުމަށް އެންމެ އެކަށީގެންވާ ގޮތައް ފަރުމާކޮށްފައިވާ ރިސޯޓެކެވެ. މިރިސޯޓަކީ ދުނިޔޭގެ ނަންމަޝްހޫރު ފެއަރމައުންޓް ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ފެއަރމައުންޓް މޯލްޑިވްސް އިން ތަރައްޤީކުރާ ރިސޯޓެއްކަން ފގާހަކަކޮށްލެވެއެވެ.