ކުޅިވަރު

ޔުނިޓީކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަޑަވެލި ހޯދައިފި


ޔުނިޓީކަޕް ފުޓްސެލް މުބާރާތުގެ ޗެންޕިއަންކަން ގދ.މަޑަވެލި ފުޓްސެލް ޓީމް ހޯދައިފިއެވެ. 

މުބާރާތުގެ ޗެންޕިއަން ގދ.މަޑަވެލި ޓީމުން ހޯދީ ފައިނަލުގައި ރ.އަލިފުށި ޓީމާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދާގެންނެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ގދ.މަޑަވެލީ ޓީމުގެ މުހަންމަދު ރަޝީދު، ނާއިފް ޝަފީގު، ރ.އަލިފުށި ޓީމުގެ އަހުމަދު ވިޖްދާން، އިބްރާހިމް ފުރްޤާން އަދި ގދ.ތިނަދޫ ޓީމުގެ އިބްރާހީމް ޝަނޫންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހީ ގދ.މަޑަވެލި ޓީމުގެ ނާއިފް ޝަފީގުއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ރ.މާކުރަތު މާކޯ އެފްސީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޤައުމީ ފުޓްސެލް ޓީމަށްވެސް ކުޅެމުން އަންނަ އަދި ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބްތަކަކަށް ފުޓްބޯޅަ ކުޅުނު އިބްރާހީމް ފުރުޤާންއެވެ. 

ހަވަނަ ޔުނިޓީކަޕް ކުރިޔަށް ގެންދިޔައީ މިމަހުގެ އަށާރައިން އަށާވީހުގެ ނިޔަލަށެވެ. މިފަހަރު މުޅި ރާއްޖެއަށް ހުޅުވާލި މުބާރާތުގައި ސޯޅަ ޓީމެއް ވާދަކުރިއެވެ.