ޓެކްނޮލޮޖީ

ދުނިޔެ ވަރުގެ 7 ޕްލެނެޓް ނާސާއިން ހޯދައިފި


ދުނިޔެ ވަރުގެ 7 ޕްލެނެޓް އެކުލެވޭ ސޯލާސިސްޓަމެއް ނާސާއިން ހޯދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސްޕޭސް ސައިންސްގައި ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށްބުނެ ނާސާއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނާސާއިން މިރޭ ހާމަކުރިގޮތުގައި ސްޕޭސް ސައިންސްގައި ކުރިއެރުންތަކެއް ހޯދުމަށް ނާސާއިން ގަދައަޅާ ކުރި މަސައްކަތުން ދުނިޔެއާ އެހާ ދުރުނޫން ހިސާބެއްގައިވާ ކުޑަ ތަރިއެއް ހޯދިފައިވާ ކަމަށެވެ. މި ތަރިއަކީ ފިނިކަން އެކުލެވިގެންވާ ތަރިއެއް ކަމަށް ނާސާއިން ބުންޏެވެ. އަދި މި ތަރީގެ ވަށައިގެން 7 ޕްލެނެޓް ދައުރުކުރަމުންދާ ކަމަށާއި މި ހުރިހާ ޕްލެނެޓެއްގައިވެސް ފެނުގެ އަސަރު ހުރުން އެކަށީގެންވާ ކަމަށް ނާސާއިން ބުންޏެވެ.

tw:https://twitter.com/NASA/status/834479166565318657

އަދި މި ތަރީގެ ވަށައިގެންވާ ޕްލެނެޓްތަކުގައި ވައިގެ ފަށަލައެއް އެކުލެވިގެންވެދާނެ ކަމަށާއި، މި ވައިގެ ފަށަލައިގައި އެކަށޭނަ ނިސްބަތަކަށް އޮކްސިޖަން އެކުލެވޭ ނަމަ މި ޕްލެނެޓްތަކުގައި ދިރުން ވުން އެކަށީގެންވާ ކަމަށްވެސް ނާސާއިން ބުނެފައިވެއެވެ.