މާޅެއަތޮޅު ދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް އެއް މަސްތެރޭގައި ނިންމުމަކީ ޢަމާޒުކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.
މި ޕްރޮޖެކްޓްގައި އެ ރަށުން 19 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފަވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. ޕްރޮޖެކްޓްގައި ބިން ހިއްކުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން ހިމެނެއެވެ.
އެމްޓީސީސީން ވިދާޅުވީ ބިން ހިކުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުން ފެށިގެން ބާރަށް ކުރިއަށްދާކަމަށެވެ. މިވަގުތުވެސް ޑްރެޖަރު ބޭނުންކޮށްގެން، ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް 1މަސްތެރޭގައި ނިންމުމަކީ ޢަމާޒުކަމަށް އެ ކުންފުނިން ވިދާޅުވެފައެވެ.
އެއަށްފަހު މޫދަށް އެރޭ ސަރަޙައްދު ހެދުމަށް 578 މީޓަރުގެ ސަރަޙައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމަށް 500 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.
PROGRESS IN FOCUS | K. DHIFFUSHI
— MTCC Plc (@MTCCPlc) October 14, 2026
Three key MTCC projects are advancing in K. Dhiffushi; Land Reclamation and Shore Protection, the Fitness and Recreation Center, and Football Ground Remaining Works.
With 19 hectares of reclamation to address land scarcity, football ground works at 95% completion and the Fitness and Recreation Center progressing, residents share what these developments will mean for their island’s future.
#MTCCProgressInFocus
#GaumuBinaaKurumugaaMTCC #MTCCProjects #RayyithungeKunfuni
ދިއްފުށީގެ މިހާރުގެ ބިމުގެ ޖާގައަކީ ގާތްގަނޑަކަށް 23 ހެކްޓަރުގެ ބިމެވެ. ރަށުގެ އާބާދީ 1200އަށް އަރައެވެ. އަދި ދިއްފުއްޓަކީ މިހާރު ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރާ ރަށަކަށްވުމާއެކު، ބިމުގެ ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މިހާރު ރަށުގައި އޮތް އެންމެހާ ބިންތައް ދޫކޮށް، ރަށް ވަނީ ފުރިފައެވެ.
އެހެންކަމުގެ މިވަގުތު އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫޢުއަކީ ރަށަށް ބިން އިތުރުކުރެވި ބޯހިޔާވަހިކަމާއި ރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ބޭނުންވާ ބިން ހޯދުމަށް މަގުފަހިވުމެވެ.
އަލަށް ހިއްކާ 19 ހެކްޓަރުގެ ބިމާއެކު، ގާތްގަނޑަކަށް ބިމުގެ ޖާގަ، ދެގުނަ އިތުރުވާނެއެވެ.
ދިއްފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ އިތުރު މަޝްރޫޢުތަކަށް ބަލާއިރު ރަށުގެ ފުޓް ބޯޅަ ދަނޑު ތަރައްޤީކުރުމާ ގުޅޭ މަސައްކަތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހިމެނެއެވެ.