ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް، މުޙައްމަދު ރިޙާން ޝިހާމް އައުކޮށްފިއެވެ.
ރިޙާން މި ރެކޯޑް އައުކޮށްފައިވަނީ ޖަޕާނުގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން ގޭމްސް ގައި 05:06:92 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި ރެކޯޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާނެވެ.
އެއީ ސްކޮޓްލަންޑްގެ ގްލާސްގޯގައި ކުރިޔަށްދިޔަ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި 05:09:68 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މުޙައްމަދު ރިހާން ޝިހާމް، ލޫޠު މުޙައްމަދު ހުސައިން، މަލާއިކާ ލިންޑާ އިމްރާން އަދި މިރާލް ޢައިން ލަތީފެވެ.
މީގެ ކުރިން ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ، އޭޝިއަން ގޭމްސްއަކީ ސްވިމިންގް އެތުލީޓުންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއްކަމަށް ދެކޭ ކަމަށެވެ.