ޚަބަރު

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި އައު ޚިދުމަތެއް


  • އަލަށް ތަޢާރަފްކޮށްފައިވަނީ އެއަރފައިބަރ ޗައިލްޑްސޭފް ޚިދުމަތް

  • މި ޚިދުމަތް އޮގަސްޓު މަހުގެ ނިޔަލަށް މުޅިން ހިލޭ ލިބޭނެ

އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި "އެއަރފައިބަރ ޗައިލްޑްސޭފް" ޚިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.

2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އުރީދޫއިން، އަންނަމަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފުކުރި "ޗައިލްޑްސޭފް" ސާވިސްއަކީ، އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި 5ޖީ އެއާފައިބާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރި ޕޭރެންޓަލް ކޮންޓްރޯލް ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ކުދިން އިންޓަނެޓް ބޭނުންކުރާ މިންވަރު ބެލެހެއްޓުމާއި، ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ ރައްކާތެރިކަމުގެ ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ. އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުން މި ޚިދުމަތް އޯގަސްޓު މަހުގެ ނިޔަލަށް މުޅިން ހިލޭ ލިބޭނެއެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ، މިއީ ކަސްޓަމަރުން ކުރި އިތުބާރާއެކު ކުރެވުނު ކާމިޔާބު ދަތުރެއް ކަމަށާއި، އަމާޒަކީ އީޖާދީ ވަސީލަތްތަކާއެކު ރައްކާތެރި "ޑިޖިޓަލް މޯލްޑިވްސް" އެއް ބިނާކުރުން ކަމަށެވެ.

ޓްރޫކޯލާ ޕްރީމިއަމް: އުރީދޫ ހޮޅުއަށި މެދުވެރިކޮށް، އިތުރު ފައިސާ ދެއްކުމުގެ ވަސީލަތެއް ބޭނުންނުކޮށް، އުރީދޫ ބިލަށް ޗާޖުކުރާ ގޮތަށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެއެވެ. މިއީ ސްޕޭމް އަދި ސްކޭމް ކޯލްތަކުން ރައްކާތެރިވުމަށް ތައާރަފުކުރި ޚިދުމަތެކެވެ.

ހިލޭ 21 ޖީބީ ޑޭޓާ: އަންނަމަހު 1 ވަނަ ދުވަހު ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ސުޕަރ އެޕް މެދުވެރިކޮށް އެއް ދުވަހުގެ މުއްދަތަށް 21 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

މެލޭޝިޔާ އަދި ޑާކާ ދަތުރު: އުރީދޫ ސުޕަރ އެޕް މެދުވެރިކޮށް މާސްޓަރކާޑުން ވިޔަފާރިކުރާ ފަރާތްތަކަށް މެލޭޝިޔާ ޓިކެޓް އަދި 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ފަރާތްތަކަށް ޑާކާ ދެކޮޅު ޓިކެޓް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސުޕަރނެޓް އަދި ކްލަބް ޕްރިމިއަރ: ސުޕަރނެޓް އަޕްގްރޭޑްކުރާ ފަރާތްތަކަށް ފުރަތަމަ 3 މަހު ކުރީގެ އަގުގައި އާ ސްޕީޑް ލިބޭނެއެވެ. އަދި 21 ރުފިޔާއަށް 21 ޖީބީ ލިބޭ އެޑް-އޮންއެއްވެސް ވަނީ ތައާރަފުކޮށްފައެވެ. ކްލަބް ޕްރިމިއަރ އަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް "ހުއޯޕަން" އެޕްގެ 100 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.

މީގެ އިތުރުން، އުރީދޫއިން ވަނީ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ބޮޑު އިނާމު ކަމަށްވާ ޙައްޖު ދަތުރުގެ ނަސީބުވެރިޔަކީ މިޞްރިއްޔާ ޢަލީ ކަމުގައި އިއުލާނުކޮށްފައެވެ. އަދި އާންމުންގެ މެދުގައި މަގުބޫލު "އުރީދޫ ފަން ރަން" އަންނަމަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.