ކުޅިވަރު

އިނގިރޭސި ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް: ޓުޗެލް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގާނާއާ ދެކޮޅަށް ނުކުންނައިރު އިނގިރޭސި ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

"ހުރިހާ ކުޅުންތެރިން ވެސް ފިޓް. އެންމެވެސް ޕްރެކްޓިހުގައި ބައިވެރިވި. އަހަރުމެން ފިޓްނަސްއާ މެދު ކަންބޮޑުވާނެ އެއްވެސް ކަމެއް ނެތް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ކްރޮއޭޝިޔާ އަތުން އިނގިރޭސިން މޮޅުވި ނަމަވެސް ގާނާ މެޗު އުނދަގޫވާނެ ކަމަށެވެ.

"ސަބަބަކީ އެ މީހުން ކުޅޭ ސްޓައިލް ތަފާތުވާނެ. ވަރަށް ސްޕީޑް ހުންނާނެ. އަދި އެހާމެ ވަރުގަދަ ވެސް ވާނެ ފިޒިކަލީ. މިކަންކަމަށް ތައްޔާރުވުމަކީ އަހަރުމެންގެ ޒިންމާއެއް. ސަބަބަކީ މިއީ ވޯލްޑް ކަޕް ކަމަށްވުން. އަހަރުމެން ކުޅެން ޖެހޭނީ ތަފާތު ސްޓައިލަށް ކުޅޭ، ތަފާތު ހިސާބުތަކަށް ނިސްބަތްވާ ޓީމުތަކާ ޓީމުތަކާކަން ދެނެގަނެ މެޗަށް ތައްޔާރުވުމަކީ އަހަރުމެން ކުރަން ޖެހޭ ކަމެއް،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު އިނގިރޭސި ޓީމުން ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ކުޅުންތެރިއަކީ ބުކަޔޯ ސަކާ އެވެ. ޓުޗެލް ބުނީ ކްރޮއޭޝިޔާ ކޮޅަށް ބެންޗުން އަރައި ގޯލު ޖެހި މާކަސް ރަޝްފޯޑް ވެސް ހުރީ ވަރަށް ފޯމުގައި ކަމަށާއި ނަމަވެސް ފުރަތަމަ 11 ފައިނަލް ކުރާނީ މެޗަށް ކުޑަތަންވުމުން ކަމަށެވެ.