ޚަބަރު

16 އަހަރުން ދަށުގެ ގައުމީ ތަށި ކާންޏަށް


  • ކާނިން މެޗު ކާމިޔާބުކޮށްފައިވަނީ 38 ލަނޑުގެ ތަފާތުން

  • މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކާނީގެ މުޙައްމަދު ޝިފާން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ޗެމްޕިއަންކަން، ޓީމް ކާނި ހޯދައިފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗު ހެލެނބެލިން ކާމިޔާބުކުރީ 38 ލަނޑުން މަދޮށި ބަލިކޮށްގެންނެވެ.

މިމެޗުގެ ގުރު ދިމާވެގެން މަދޮށިން ގަސްދުކުރީ އުކާށެވެ. އެހެންކަމުން ފުރަތަމަ އޯވަރުގައި ކާނި ކުޅެންއަރާ، 20 އޯވަރުތެރޭ 2 ކުޅުންތެރިން ނުބައިވެގެން ވަނީ 155 ލަނޑު ހަދާފައެވެ. މިމެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 74 ލަނޑު ހެދި، ޓީމްގެ ކެޕްޓަން މުޙައްމަދު ޝިފާންއެވެ.

ޖަވާބުގައި މަދޮށިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 117 ލަނޑެވެ. މިމެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 57 ބޯޅައިން 51 ލަނޑު ހެދި، މުޙައްމަދު ޖޫދު އަޙްމަދު މަންޞޫރެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ކާނީގެ ކެޕްޓަން، މުޙައްމަދު ޝިފާންއެވެ.

16 އަހަރުންދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން ކުރިއަށްގޮސްފައިވާ މިމުބާރާތުގައި ވާދަކޮށްފައިވަނީ ޖުމްލަ 4 ޓީމުންނެވެ. އެއީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމެވެ. މި މުބާރާތް ކުޅެފައިވަނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، އެންމެ ގިނަ ޕޮއިންޓު ހޯދާ 2 ޓީމު ފައިނަލަށްދާ ގޮތަށެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗު، ކާމިޔާބުކޮއްގެން 3 ވަނަ ހޯދާފައިވަނީ ޓީމް ހެލެނބެއްޔެވެ.