ޚަބަރު

ބީއެމްއެލްއިން ރޯދައަށް ޚާއްޞަ ޕްރޮމޯޝަނެއް


  • ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 10އިން މާރޗު 16ގެ ނިޔަލަށް

  • ކޮންމެ ހަފުތާއަކު 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓު ކާޑެއް

  • ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓު ކާޑެއް

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ޚާއްޞަ އިނާމުތަކެއް ހޯދުމަށް މަގުފަހިވާ ޕްރޮމޯޝަން، 'ރަން ފުރުޞަތު' 2026 ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ، މިމަހުގެ 10 އިން މާރޗު މަހުގެ 16ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުޞަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނި ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓު ކާޑެއް ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ. އެ ބޭންކުން ވިދާޅުވީ، މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރި ކުރެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ގުރުއަތުގައި ބައިވެރި ވެވޭނީ، ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.