ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްގެނެވެ.
މި މަޝްރޫޢު އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޗްޑީސީއިން މިހާރުވެސް ދަނީ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ހިންގަމުންނެވެ.