މި އަހަރު ބްރެޒިލް ކުޅޭ އެންމެ ފަހު ދެ މެޗަށް އެކުލަވާލި ޓީމުން އަނެއްކާ ވެސް ފޯވަޑް ނޭމާ ސަންޓޯސް ބާކީވެއްޖެ އެވެ.
ތަޖުރިބާކާރު ފޯވަޑް ކުލަބުގައި ކުޅެމުންދިޔަ ނަމަވެސް ޓީމަށް އޭނާ ނުނެގި ވަކި ސަބަބެއް ނޭނގެ އެވެ. ނަމަވެސް ސަންޓޯސްގެ ފޯވަޑްގެ އޭނާގެ ފިޓްނަސް ރަނގަޅެއް ނޫނެވެ. އޭނާ މިހާރު ވެސް ހުރީ ކޮންމެވެސް ވަރެއްގެ ހާނިއްކަ އެއްގަ އެވެ. ގާތްގާތުގައި ދިމާވާ އަނިޔާގެ މައްސަލަތައް ގިނަ އެވެ.
ތަޖުރިބާކާރު ފޯވަޑް ކާލޯ އަންޗެލޯޓީ އެކުލަވާލި ޓީމުން ފެނުނު އެންމެ ހައިރާން ކުރުވަނިވި ކަމަކީ ބާސެލޯނާއިން ބޭނުން ނެތިގެން ފޮނުވާލި ފޯވަޑް ވިޓޯ ރޯކް ޓީމުގައި ހިމެނުމެވެ. ބާސެލޯނާ އަށް ފަހު ސްޕޭނުގެ ރެއާލް ބެޓިސް އަށް އަދި އޭގެ ފަހުން ބްރެޒިލްގެ ޕަލްމެއިރާސް އަށް ބަދަލުވެ ޒުވާން ފޯވަޑް ދަނީ މޮޅަށް ކުޅެ ގޯލު ޖަހަމުންނެވެ.
އޭނާ އަށް ޖާގަ ލިބުނުއިރު ރެއާލް މެޑްރިޑްގެ ޒުވާން ފޯވަޑް އެންރިކަށް ޖާގަ ނުލިބުނެވެ. މިހެންވެ އެންމެ ގާތީ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދުމަށް އެންޑްރިކް ކުޅެވޭނެ ޓީމަކަށް ބަދަލުވުމަށް ޖެނުއަރީ މަހު ރެއާލް ދޫކޮށްލުން ކަމަށް ބެލެވެ އެވެ.
ނޮވެމްބަރު މަހުގެ 15ގައި ސެނަގާލްއާ ދެކޮޅަށް އަދި އޭގެ ތިން ދުވަސް ފަހުން ޓިއުނީޝިއާއާ ދެކޮޅަށް ފްރާންސްގައި ކުޅޭ މެޗަށް އެކުލަވާލި ބްރެޒިލް ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އައް ނަސްރުގެ ގޯލް ކީޕަރު ބެންޓޯ އާއި އާސެނަލްގެ ގަބްރިއަލް މަޅަގާސް އާއި ޕީއެސްޖީގެ ކެޕްޓަން މާކުއިނޯސް އާއި ރެއާލް މެޑްރިޑްގެ މިލިޓާއޯ އާއި ޗެލްސީގެ ބުރޫނޯ ގުއިމަރޭޒް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އާއި އަލް އިސްތިހާދުގެ ފަބީނިއޯ އާއި ޗެލްސީގެ ފޯވަޑް އެސްޓެވާއޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ މަތިއަސް ކޫނާ އާއި ރެއާލް މެޑްރިޑްގެ ރޮޑްރީގޯ އާއި ވިނީޝިއުސް ޖޫނިއާ އާއި ޓޮޓެންހަމްގެ ރިޗާލިސަން އެވެ.