ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ހޯލު ހުޅުވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްފޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި އެރަށުގައި ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ހުޅުއްވާދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރުގެ އިތުުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
މި ހޯލު ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށު ސްކޫލްގެ އިތުރުން މަލްޓި-ޕާޕަސް ހޯލްވެސް ބައްލަވާލައްވާފައެވެ.