ޚަބަރު

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި


  • މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 730 ދުވަހުން

7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.

އިމާރާތް ކުރުމާބެހޭ ވުޒާރާއިން އާރުޑީސީއާ ހަވާލުކުރައްވާފައި ވަނީ މި 11 ރަށުގައި އާންމުކޮށް ބޭނުކުރާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އަދި އާރުޑީސީއާ މަސައްކަތް ހަވާލުކުރައްވާފައި ވަނީ ހުރިހާ ރަށެއްގެ މަގުތައްވެސް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ރަށްތަކާއި ޚަރަދުވާ ވަރު

- ހއ. ތުރާކުނު: 65.5 މިލިޔަން ރުފިޔާ
- ހދ. ނޮޅިވަރަންފަރު: 101.2 މިލިޔަން ރުފިޔާ
- ހދ. ފިނޭ: 65.5 މިލިޔަން ރުފިޔާ
- ށ. މަރޮށި: 60.2 މިލިޔަން ރުފިޔާ
- ނ. މާފަރު: 116 މިލިޔަން ރުފިޔާ
- ބ. ތުޅާދޫ: 70.9 މިލިޔަން ރުފިޔާ
- ބ. ކުޑަރިކިލު: 53.5 މިލިޔަން ރުފިޔާ
- މ. މުލި: 85 މިލިޔަން ރުފިޔާ
- ތ. ގުރައިދޫ: 74.4 މިލިޔަން ރުފިޔާ
- ތ. ހިރިލަންދޫ: 70.5 މިލިޔަން ރުފިޔާ
- ތ. ކިނބިދޫ: 79.5 މިލިޔަން ރުފިޔާ

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އާއްމުކޮށް ބޭނުންކުރާ މަގުތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.