ތަޢުލީމީ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފައިވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢުދީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް ވަޒީރު މަރުޙަބާ ދެންނެވިއެވެ.
Ambassador of the Kingdom of Saudi Arabia to the Republic of Maldives, H.E. Mr. Yahya Hassan Al-Qahtani, paid a courtesy call on the Minister of Education, Dr. Ismail Shafeeu, today. The meeting focused on enhancing bilateral cooperation in the education sector.@KSAembassyMV pic.twitter.com/bwRgOJuJUQ
— Ministry of Education (@MoEdumv) July 14, 2025
ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް އައު ސަފީރު ކަނޑައެޅުއްވީ މިމަހުގެ 6 ވަަނަ ދުވަހުއެވެ. ދިވެހިރާއްޖެއާ ސަޢުދީ ޢަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށާއި އެކި ދާއިރާތަކަށް މާލީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.