މާލެ އަތޮޅު ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 
ގުރައިދޫގައި ނިޔާވެފައިވަނީ 4 މަހުގެ ތުއްތު ކުއްޖެކެވެ. 
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކުއްޖާ ނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ކަމަށެވެ. އަދި މި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކާ ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. 
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.