ހުޅުމާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިންގަން މެދުވެރިވި ކާރު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ. 
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިރޭ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. 
މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުން ބާރު ސްޕީޑުގައި ދަތުރުކުރި ކާރެއް ކޮންޓްރޯލްނުވެ މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގައިގަޖެހިގެންނެވެ. 
މިއެކްސިޑެންޓްގެ އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަގޮތުން ކާރު މައި މަގަށް އަޅާލިވަގުރުވެސް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލްނުވެ ގޮސްއެރީ އެތަނުގައި ސައިކަލެއްގައި އިޝީނދެގެން އިން މީހާގައިގައެވެ.  
މިހާދިސާގައި ކާރުގޮސްޖެހުމުން ސައިކަލުގައި އިންމީހާ ވިއްސައިގެން ގޮސް އެކިވަރުގެ އަނިޔާތައްވަނީ ވެފައެވެ. 31 އަހަރުގެ އެ ދިވެހި ޒުވާނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންއަންނައިރު، އޭނާގެ ހާލު ސްޓޭބަލްކަމަަށް އައިޖީއެމްއިން މައުލޫމާތުދެއްވައެވެ.