މ. ރަބީއުވިލާ ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސުން  ހަރަކާތްތެރިވެއްޖެއެވެ. 
އެމްއެންޑީއެފުން ވިދާޅުވީ ކެނެރީމަގުގައި ހުންނަ އެގޭގައި ރޯވެފައިވަނީ 4 ވަނަ ފަންގިފިލާގައިކަމަށެވެ. 
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:19ގައި ކަމަށެވެ. މިހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައި ނުވިނަމަވެސް އެމްއެންޑީއެފުން ވަނީ އެގޭގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިވާކަމަށެވެ. 
ރަބީއުވިލާ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން، މިރޭ 21:12 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ކޮންޓްރޯލްކޮށްފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. 
މ. ރަބީޢުވިލާގައި އަލިފާނުގެ  ޙާދިސާއެއް  ހިނގައިގެން  އުޅޭ  ކަމުގެ  މައުލޫމާތު  ލިބުމާއިއެކު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީގެ ޓީމެއް  ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެެރިވެފައެވެ.