ޚަބަރު

އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 2 ލައްކަ ރުފިޔާ ނަގައިފި


  • މިމައްސަލަ ރިޕޯޓުކޮށްފައިވަނީ ގއ.ވިލިނގިލިން

  • އޮޅުވާލާފައިވަނީ ފްލެޓެއް ލިބުނުކަމަށް ބުނެ

މަކަރާއި ހީލަތުގެ ތެރެއިން އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 2 ލައްކަ ރުފިޔާ ބަޔަކު ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ 2 ލައްކަ ރުފިޔާ އެކައުންޓް ނަގާފައިވަނީ ފްލެޓެއް ލިބިއްޖެކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެންކަމަށެވެ. އަދި މިމައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ގއ.ވިލިނގިލީގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުގީގުކުރަމުންދާކަމަށާއި ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން މިފަދަ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.