ޚަބަރު

އައްޑޫގައި ތޫނު އެއްޗަކުން ޙަމަލާދީ މީހަކު މަރާލި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ޙަމަލާދީ މީހަކު މަރާލި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއާބެހޭ ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މަރަދޫފޭދޫގައި ތޫނު އެއްޗަކުން ޙަމަލާދީ މާރާމާރީ ހިންގައިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ބުދަ ދުވަހުގެރޭ 23:38 އެހާއިރެވެ. އަދި މި މާރާމާރީގައި ޒަޚަމްވި ޒުވާނާ ނިޔާވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ތަޙުޤީގު ކުރައްވަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.