މުނިފޫހިފިލުވުން

ޓީވީ ތަރި ދިޝާ ޕަރްމަރު ބަނޑުބޮޑު


ކަލާސް އިން ދައްކާ މަޝްހޫރު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭހޭ" ގެ ތިން ވަނަ ބަޔާއެކީ ޓީވީ އެކްޓަރު ދިޝާ ޕަރްމަރު އެނބުރި އަންނާނެ ކަމަށް ރިޕޯޓުކުރުމާއެކު މިދުވަސްވަރު އެންމެ މަޝްހޫރު އެއް ޓީވީ އެކްޓަރުގެ ނަމަކީ ދިޝާއެވެ.

މީގެ ވާހަކަ ގަދަވެފައި އޮތް ދަނޑިވަޅެއްގައި ދިޝާ މިވަނީ އަނެއްކާވެސް ވަރަށް އުފާވެރި ޚަބަރެއް އޭނާގެ ފޭނުންނަށް ދިފައެވެ. ފޭނުން ހައިރާންކޮށްލި މި ޚަބަރަކީ ދިޝާ އާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ރާހުލް ވޭދްޔާ އަށް ކުއްޖަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރެވެ.

ދެމީހުންގެ ނަން ޖަހައިގެން ކުރިއަށްގެންދާ އިންސްޓަގްރާމް އެކައުންޓެއްގައި ދެމަފިރިން ވަނީ މިކަން ކަށަވަރުވެސް ކޮށްދީފައެވެ. މި ޕޯސްޓާއިއެކު ފޭނުން އަންނަނީ އެ ދެމަފިރިންނަށް މަރުޚަބާ ކިޔާފައެވެ.

ރާހުލް އާއި ދިޝާ ކައިވެނިކޮށްފައި ވަނީ 2021 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައެވެ.

ދިޝާ އެންމެ ފަހުން ފެނިފައި ވަނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ 2 ވަނަ ބައިން ޕްރިޔާގެ ރޯލުންނެވެ. މިއީ ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބުނު ރޯލެކެވެ.

ރިއަލިޓީ ޝޯވ "ބިގް ބޮސް" ސީޒަން 14 އަދި "ހަތްރޯކޭ ކިލާޅީ" ގެ 11 ވަނަ ސީޒަނުންވެސް ފެނުނު ރާހުލް މިހާރު ބޮޑަށް އަންނަނީ އޭނާގެ މިޔުޒިކް ކެރިއަރަށް ފޯކަސް ކުރަމުންނެވެ.