ވިޔަފާރި

މޯލްޑިވިއަންއިން ފަށަން ތައްޔާރުވި މާފަރާއި މުމްބާއީ ދަތުރުތައް ފަސްކޮށްފި


މާފަރު އިންޓަނޭޝަނަލް އެއަރޕޯޓާއި މުމްބާއީއަށް ފެށުމަށް ހަމަޖެއްސި ދަތުރުތައް މޯލްޑިވިއަނުން ފަސްކޮށްފިއެވެ.

މޯލްޑިވިއަނުން ކުރިން ހަމަޖައްސާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު މިދަތުރުތައް ފެށުމަށެވެ. ނަމަވެސް މިހާރު މި ދަތުރުތައް އަންނަ މަހުގެ 9 ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ވިދާޅުވެއެވެ. މޯލްޑިވިއަނުން ބުނީ މި ދަތުތުތައް ފެށުން ލަސްކޮށްފައިވަނީ މުމްބާއީގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާތީކަމަށެވެ.

މިއީ މުމްބާއީން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް ސީދާ ދަތުރުތައް މޯލްޑިވިއަނުން ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަންއިން ބުނީ މިދަތުރުތައް ފެށުމަށްވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަމަށެވެ.

މާފަރާއި މުމްބާއީއާ ދެމެދު ފަށާ ދަތުރުތައް ހަފްތާއަކު 3 ދުވަހު ކުރާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މީގެ މަންފާ އެ ސަރަހައްދުގެ ވިޔަފާރިތަކަށާއި އާންމުންނަށް ހޯދައިދިނުންކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރިސޯޓްތަކާއި، ގެސްޓްހައުސް ހުންނަ ފަރާތްތަކަށްވެސް އަދި ސީދާ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިކަމުން ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.