ކުޅިވަރު

އިންޑިއާނާ ޕޭސަރސްގެ މައްޗަށް ވޮރިއަރސް ކާމިޔާބު ހޯދުން


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 111 ޕޮއިންޓް 107 ޕޮއިންޓުންނެވެ.

ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް އެޓީމަށް ހޯދައިދީ އަށް ރީބައުންޑް ނަގާ އަށް އެސިސްޓް ދިން ސްޓެފަން ކަރީއެވެ. ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް އެޓީމަށް ހޯދައިދީ 16 ރީބައުންޑް ނެގި ޑޮމަންޓާސް ސަބޮނިސްއެވެ.

މިމުބާރާތުގައި އެޓްލާންޓާ ހޯކްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދައިދިން ޑެނީލޯ ގަލިނާރީއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނަގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނެގި ޓްރިސްޓަން ތޮމްޕްސަންއެވެ.

މީގެއިތުރުން ކްލީވްލަންޑް ކެވެލިއަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 96 ޕޮއިންޓުން ކެވެލިއަރސް ކާމިޔާބުކުރިއިރު މައޭމީ ހީޓް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. އަދި ޝިކާގޯ ބުލްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 126 ޕޮއިންޓުން ބުލްސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ.