ޚަބަރު

ސިފައިންގެ ތަމްރީނުތަކެއް ދ. އަތޮޅުގައި ކުރިއަށް ގެންދަނީ


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނުތަކެއް ދ. އަތޮޅިގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މި ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދ. އަތޮޅު ކަނޑިންމަ މޯލްޑިވްސް ރިސޯޓްއާ އެއްފަޅެއްގައި އޮންނަ ފަޅުރަށްތަކެއްގައިކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ. އަދި މިހިނގާ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 16ވަނަ ދުވަހުގެ ނިޔަލަށް ތަމްރީނުތައް ކުރިޔަށް ދާނެކަން އެމްއެންޑީއެފްއިން ހާމަކުރައްވައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ތަމްރީނުތަކުގެ ދަށުން މިރޭގެ 20:00އިން ފެށިގެން މާދަމާ ފަތިހު 04:00އާ ހަމައަށް ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ޕައިރޯޓެކްނިކްސް ބޭނުންކުރާނެކަމަށެވެ. ޕައިރޯޓެކްނިކްސްއަކީ ބަޑިބޭހުގެ ބާވަތެކެވެ. އެހެންނަމަވެސް މީހުންނާއި ކައިރި ރޭޑީއަސްތަކުގައި ޕައިރޯޓެކްނިކްސް ބޭނުންކުރެވޭނެއެވެ.