ޚަބަރު

ތާޖް އެގްޒޯޓިކާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ތާޖް އެގްޒޮޓިކާ ރިސޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ އަލިފާން ނިއްވާ މީހުން ޙަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރިސޯޓުގެ އިންޖީން ރޫމްގައެވެ.

އަލިފާން ރޯވި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭގެ 20:30 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއިން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.