ޚަބަރު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި


14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ޖިންސީ ގޯނާގެ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 17ވަނަ ދުވަހުގައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ކ، އއ، އދ، އަދި ވ، އަތޮޅުގައި ހިމެނޭ ރަށަކުން ކަމަށެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ތަޙުޤީޤު ކުރަމުންނެވެ.